ހަތަރު ރަށެއްގެ ބައި އިލެކްޝަން: ވޯޓުލެވޭ މީހުންގެ ލިސްޓު ޝަކުވާއަށް ހުޅުވާލައިފި

ހަތަރު ރަށެއްގެ ބައި އިލެކްޝަން: ވޯޓުލެވޭ މީހުންގެ ލިސްޓު ޝަކުވާއަށް ހުޅުވާލައިފި

Author
އަހުމަދު
13 އޮކްޓޯބަރ 2026 11:06
0

 

ސ. ހުޅުދޫ ހިމެނޭ ހަތަރު ރަށެއްގައި ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު، އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި އެވެ.

ލިސްޓު އާންމުކޮށްފައި ވަނީ ހއ. ވަށަފަރު، ނ. ކުޑަފަރި، ވ. ތިނަދޫ އަދި ސ. ހުޅުދޫއަށެވެ. އެންމެ ގިނަ ވޯޓަރުން ތިބީ ހުޅުދޫގައި ކަމަށްވާއިރު، އެ ރަށުން 2,903 މީހަކަށް ވޯޓުލެވޭނެ އެވެ. ވަށަފަރުން 688 މީހަކަށް، ކުޑަފަރިން 653 މީހަކަށް އަދި ތިނަދޫން 185 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

ނޮވެމްބަރު 28 ގައި ބާއްވާ މި އިންތިހާބުގެ ލިސްޓަށް ޝަކުވާ ހުށަހެޅޭނީ މި މަހުގެ 24 ވާ ހޮނިހިރު ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ. ޝަކުވާ ހުށަހަޅަންވާނީ އީސީގެ މައިޕޯޓަލް މެދުވެރިކޮށް، ޝަކުވާ ސާބިތުކުރާ ރަސްމީ ލިޔުމެއްގެ ކޮޕީއާއެކު އެވެ. ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅާނީ ސިމެދަ ޕޯޓަލް މެދުވެރިކޮށެވެ.

ލިސްޓުގައި ނަން އޮތްތޯ ވީއާރު އާއި އައިޑީކާޑު ނަންބަރު ޖަހައިގެން 1414 އަށް ފޮނުވައިގެން ބެލޭނެ ކަމަށް އީސީން ބުނެ އެވެ. ލިސްޓު ގެޒެޓާއި ކޮމިޝަނުގެ ވެބްސައިޓުގައި ވެސް ވަނީ އާންމުކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.