ޤަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރަށް ގެންދަން އުޅުނު 905،669.80 ރުފިޔާއާ އެއްވަރުގެ ބޭރު ފައިސާ ކަސްޓަމްސްއިން ހިފަހައްޓައިފިއެވެ.
ކަސްޓަމްސްއިން ބުނީ، މި ފައިސާ ހިފަހައްޓާފައިވަނީ މިމަހުގެ 7 ވަނަ ދުވަހު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރަން އުޅުނު އިންޑިއާގެ ރައްޔިތެއްގެ ކައިރިން ކަމަށެވެ. ކަސްޓަމްސްއަށް ހާމަނުކޮށް ގެންދަން އުޅުނު މި ފައިސާގެ ތެރޭގައި އެކި ޤައުމުތަކުގެ ފައިސާ ހިމެނޭ ކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.
ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތްކުރުން ހުއްޓުވުމަށް ސަރުކާރުން ފިޔަވަޅު އަޅަމުންދާއިރު، ވޭތުވެދިޔަ ސެޕްޓެންބަރު މަހުވެސް ހަ ބިދޭސީއެއްގެ އަތުން 3.8 މިލިއަން ރުފިޔާއާ އެއްވަރުގެ ބޭރު ފައިސާ ހިފަހައްޓާފައިވެއެވެ.
ކޮމެންޓު ފޮނުވާ