އަނބިކަނބަލުން ހައްޔަރު ކުރިތާ ތިން ދުވަސް ފަހުން، ރާޖަޕަކްސާ އައިސީޔޫއަށް

އަނބިކަނބަލުން ހައްޔަރު ކުރިތާ ތިން ދުވަސް ފަހުން، ރާޖަޕަކްސާ އައިސީޔޫއަށް

Author
އަހުމަދު
12 އޮކްޓޯބަރ 2026 12:43
0

 

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާއަށް ހިތުގެ މައްސަލަތަކެއް ދިމާވެގެން އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ރާޖަޕަކްސާގެ އަރިސްބޭފުޅުން ޑެއިލީ މިރާ ނޫހަށް ވިދާޅުވި ގޮތުގައި، އަމިއްލަ ގޭގައި ހުންނަވަނިކޮށް ހާލުގޯސްވުމުން މިއަދު ހެނދުނު އޭނާ ނަވަލޯކާ ހޮސްޕިޓަލަށް ގެންދިޔައެވެ. މިހާރު އޭނާއަށް ފަރުވާ ދެމުން ގެންދަނީ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމަކުންނެވެ. ފަހަކަށް އައިސް ރާޖަޕަކްސާ ވަނީ ހިތާ ގުޅޭ ގިނަ ޓެސްޓްތަކެއް ހައްދަވާފައެވެ.

ރާޖަޕަކްސާގެ ސިއްހަތު ގޯސްވެފައިވަނީ އޭނާގެ އަނބިކަނބަލުން ޝިރާންތީ ރާޖަޕަކްސާ ހައްޔަރުކޮށް ތިން ދުވަސް ފަހުންނެވެ. ކުރީގެ ވެރިންގެ ކޮރަޕްޝަން ތަހުގީގުކުރުމަށް ސަރުކާރުން ހިންގާ ހަރަކާތުގެ ތެރެއިން ހައްޔަރުކުރި ޝިރާންތީއާ މެދު އޮތީ، ރާޖަޕަކްސާގެ ވެރިކަމުގައި އޭނާ ހިންގެވި އެހީދޭ ޖަމިއްޔާއަކަށް ލިބުނު ފައިސާ ނުހައްގުން ބޭނުންކުރެއްވި ކަމުގެ ތުހުމަތެވެ. ފުލުހުން ފުރަތަމަ އޭނާއާ ސުވާލުކުރީ ގޭގައި ކަމަށް ވާއިރު، ފަހުން ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.