ތިނަދޫ ކައުންސިލް ރައީސް ހޮވުމުގެ ބައި-އިލެކްޝަން ނޮވެމްބަރު 28 ގައި

ތިނަދޫ ކައުންސިލް ރައީސް ހޮވުމުގެ ބައި-އިލެކްޝަން ނޮވެމްބަރު 28 ގައި

Author
އަހުމަދު
11 އޮކްޓޯބަރ 2026 04:34
0

 

ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމަށް މީހަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވާދަކުރުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ. އެ އިންތިޚާބު ބާއްވަނީ ނޮވެމްބަރު 28 ގައެވެ.

ވާދަކުރަން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހަޅަންވާނީ އޮކްޓޫބަރު 26 ވާ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިންނެވެ.

މި ގޮނޑި ހުސްވީ، ރައީސްކަމުގައި ހުންނެވި ޢަލީ ޝުޖާޢު ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކުރެއްވުމުން އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ޖުލައި 19 ގައި ނިންމުމާ ގުޅިގެންނެވެ.

ޝުޖާޢު ކައުންސިލަށް ހޮވިވަޑައިގަތީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުންނެވެ. ނަމަވެސް ފަހުން އޭނާ އެމްޑީޕީއަށް ސޮއިކުރެއްވިއެވެ. ލާމަރުކަޒީ ޤާނޫނުގެ ދަށުން، ވަކި ޕާޓީއެއްގެ ޓިކެޓުން ހޮވޭ ކައުންސިލަރަކު ދައުރުގެ ތެރޭގައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ އެ މީހެއްގެ ގޮނޑި ގެއްލޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.