ރިޔާޟް އެއާޕޯޓަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ރިޔާޟް އެއާޕޯޓަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

Author
އަހުމަދު
11 އޮކްޓޯބަރ 2026 04:33
0

 

ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހޫތީ ހަނގުރާމަވެރިން ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި ގޮތެއްގައި ކުށްވެރިކޮށްފިއެވެ.

އޮކްޓޫބަރު 10 ވަނަ ދުވަހު ދިން މި ހަމަލާގައި 12 މީހުން މަރުވެ، 300 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. ހަމަލާއާ ގުޅިގެން އެއާޕޯޓުގެ ހުރިހާ ފްލައިޓެއް ލަސްކޮށް ނުވަތަ ކެންސަލްކޮށްފައިވެއެވެ.

މި ހަމަލާއާ ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނީ، އާންމު ރައްޔިތުންނާއި ދައުލަތުގެ މުހިންމު ވަސީލަތްތަކަށް އަމާޒުކޮށްދޭ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނާ ސީދާ ޚިލާފު ޢަމަލުތަކެއް ކަމަށާއި، މިއީ ސައުދީ އަރަބިއްޔާއާއި މުޅި ސަރަހައްދުގެ ސުލްހައާއި ހަމަޖެހުމަށް ނުރައްކާތެރި ކަމެއް ކަމަށެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސައުދީ ސަރުކާރާއި ރައްޔިތުންނަށާއި، ހާދިސާގައި ވަކިވެދިޔަ މީހުންގެ އާއިލާތަކަށް ޚާރިޖީ ވުޒާރާއިން ތަޢުޒިޔާ ފޮނުވައި، އަނިޔާވި މީހުންނަށް އަވަސް ޝިފާއަށް އެދިފައިވެއެވެ.

ސައުދީ އަރަބިއްޔާގެ ސަލާމަތާއި އިސްތިޤުލާލު ރައްކާތެރިކޮށް، އެ ގައުމުގެ ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅުތަކަށް ރާއްޖޭގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ލިބޭނެ ކަމަށް ވެސް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.