އަނބިމީހާގެ އެކައުންޓުން ފައިސާ ވަގަށް ނެގި ފިރިމީހާއަށް ޖަލު ހުކުމެއް

އަނބިމީހާގެ އެކައުންޓުން ފައިސާ ވަގަށް ނެގި ފިރިމީހާއަށް ޖަލު ހުކުމެއް

Author
އަހުމަދު
11 އޮކްޓޯބަރ 2026 04:32
0

 

ތ. ތިމަރަފުށީގައި އަނބިމީހާގެ ބޭންކް އެކައުންޓުން އޭނާއަށް ނޭނގި ފައިސާ ނެގި ފިރިމީހާ، ހަތް މަހާއި ތިން ދުވަހަށް ޖަލަށް ލުމަށް ތިމަރަފުށި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

ހުކުމް އިއްވާފައިވަނީ ތިމަރަފުށި، ލުނބޯމާގެ، މުހައްމަދު މޫސާއަށެވެ. އޭނާގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ، އަނބިމީހާ ކަށިކެޔޮމާގޭ ފާތިމަތު މިޒުނާގެ ބީއެމްއެލް އެކައުންޓުން ތަފާތު ފަހަރުތަކުގައި ޖުމުލަ 8،150 ރުފިޔާ ނަގާފައިވާތީއެވެ.

ދައުވާއަށް އިއުތިރާފުވި މޫސާ ކޯޓުގައި ބުނީ، ފައިސާ ނެގީ އެއްވެސް މަޖުބޫރުކަމެއް ނެތި ކަމަށެވެ. ނަމަވެސް، ބަލި މަންމައަކާއި ކުޑަކުއްޖަކު ބަލަހައްޓަނީ އޭނާ ކަމަށާއި، ޖަލަށް ދިޔަ ނަމަ އާއިލާއަށް ދަތިވާނެތީ ޖޫރިމަނާއެއް ކަނޑައަޅައިދިނުމަށް އޭނާ އެދުނެވެ.

ޖުލައި މަހު ހުށަހެޅި މި މައްސަލާގައި ކޯޓުން ނިންމީ، މޫސާއަށް ދެމެހެއްޓެނިވި އާމްދަނީއެއް ނުލިބޭތީ، ސުޕްރީމް ކޯޓުގެ އަދަބު ކަނޑައެޅުމުގެ އުސޫލުގެ ދަށުން އަދަބު ޖޫރިމަނާއަކަށް ބަދަލުކުރުމުގެ ޝަރުތުތައް ފުރިހަމަ ނުވާ ކަމަށެވެ. ކުށަށް އިއުތިރާފުވީތީ އަދަބު ލުއިކޮށް، ބަންދުގައި ހޭދަކުރި މުއްދަތު އުނިކޮށްގެން މިދިޔަ ހަފުތާގައި ހުކުމް އިއްވީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.