އެކްސިޑެންޓް ތަހުގީގުތައް އަވަސްކުރަން ފުލުހުން "ސްމާޓް ޑްރޯ" ބޭނުންކުރަން ފަށައިފި

އެކްސިޑެންޓް ތަހުގީގުތައް އަވަސްކުރަން ފުލުހުން "ސްމާޓް ޑްރޯ" ބޭނުންކުރަން ފަށައިފި

Author
އަހުމަދު
11 އޮކްޓޯބަރ 2026 04:33
0

 

މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކުގެ ތަހުގީގުތައް ހަރުދަނާކުރުމުގެ ގޮތުން، "ސްމާޓް ޑްރޯ" ނަމުގައި ސޮފްޓްވެއާއެއް ފުލުހުން ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.

މި ސޮފްޓްވެއާ ބޭނުންކުރަނީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ދަށުގައިވާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުންނެވެ. މިއީ އެކްސިޑެންޓް ހިނގި ތަންތަނުގެ ޑައިގްރާމާއި ސްކެޗް ފަސޭހަކަމާއެކު ތައްޔާރުކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ސޮފްޓްވެއާއެކެވެ.

ސޮފްޓްވެއާގައި އިންޓަރސެކްޝަން، ޓީ-ޖަންކްޝަން އަދި ސީދާ މަގު ފަދަ ތަފާތު ލޭއައުޓްތައް ކުރިން ތައްޔާރުކޮށް ހިމަނާފައިވާއިރު، އުޅަނދުފަހަރު، ޓްރެފިކް ނިޝާން އަދި މަގުބައްތި ފަދަ އެއްޗެހީގެ ސިމްބަލްތައް ވެސް ހިމެނެއެވެ. އަދި ގޫގުލް މެޕްސް އާއި ސެޓެލައިޓް ފޮޓޯ ބޭނުންކޮށްގެން ހާދިސާ ހިނގި ސަރަހައްދު ސައްހަކޮށް ދައްކުވައިދެވޭނެ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނާ ގޮތުގައި، މި ފިޔަވަޅުން ތަހުގީގީ ރިޕޯޓުތަކުގެ ފެންވަރު މައްޗަށް ދިއުމާއެކު، ހެކި ރެކޯޑުކުރުން ވަރުގަދަވެ، މަސައްކަތްތައް އަވަސްވެގެން ދާނެއެވެ.

ރާއްޖޭގައި، ހާއްސަކޮށް އުޅަނދުފަހަރާއި އާބާދީ ގިނަ ސަރަހައްދުތަކުގައި ނުރައްކާތެރި އެކްސިޑެންޓްތައް ގިނައިން ހިނގަމުންދާ ކަމީ ކަންބޮޑުވާ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.