މޭރީ ގްރޭސްގެ މަރު: އުމުރަށް ޖަލަށްލި ހުކުމާ ދެކޮޅަށް މާވިން ހައިކޯޓަށް

މޭރީ ގްރޭސްގެ މަރު: އުމުރަށް ޖަލަށްލި ހުކުމާ ދެކޮޅަށް މާވިން ހައިކޯޓަށް

Author
އަހުމަދު
11 އޮކްޓޯބަރ 2026 01:38
0

 

އައިޖީއެމްއެޗްގައި ނަރުހަކަށް ހުރި ފިލިޕީންސްގެ މޭރީ ގްރޭސް މަރާލި މައްސަލައިގައި، އޭނާގެ ފިރިމީހާ މާވިން އެސްވައިއަށް ކްރިމިނަލް ކޯޓުން ކުރި އުމުރަށް ޖަލަށްލުމުގެ ހުކުމް، މާވިން ހައިކޯޓަށް އިސްތިއުނާފުކޮށްފިއެވެ. ނަމަވެސް އެ އިސްތިއުނާފު ހައިކޯޓުން ބަލައިގަނެފައިވޭތޯ އަދި ޔަގީނެއް ނުވެއެވެ.

މާވިން ކުށްވެރިކުރީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއިންނެވެ. ދަށު ކޯޓުގައި ދައުލަތުން ފާހަގަކުރީ، މާވިންއަކީ މޭރީގެ ފިރިމީހާއާއި ދަރިފުޅުގެ ބައްޕައަށް ވުމުގެ އިތުރުން ޤާބިލު ނަރުހަކަށް ވީނަމަވެސް، ކުށުގައި އޯގާތެރިކަމެއް ނުފެންނަ ކަމެވެ. ކުށަށް ދެވެން އޮތް އެންމެ ބޮޑު އަދަބު ދިނުމަށް ދައުލަތުން އެދުނެވެ. ޝަރީއަތުގައި ވާހަކަދެއްކުމުގެ ފުރުސަތު ދިނުމުން، ބުނަންޖެހޭ އެއްޗެއް ނެތް ކަމަށް މާވިން ބުންޏެވެ.

2021 ވަނަ އަހަރުގެ އޮކްޓޫބަރުގައި ހިނގި މި މައްސަލައިގައި މާވިންގެ ލޯބިވެރިޔާ ލަމްހާއަށް ވެސް 15 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވެއެވެ. އޭނާގެ މައްޗަށް ސާބިތުވީ މެރުމުގައި ބައިވެރިވުމާއި، އެހެން މީހެއްގެ މުދަލަށް ހުއްދަނެތި ބާރުހިންގުމާއި، ހުއްދަ ބޭނުންވާ ކަމެއް ހުއްދައެއް ނެތި ކުރުމުގެ ދައުވާތަކެވެ.

ބަންދުގައި ހުއްޓާ މާވިން އިސްލާމްވެ، ނަން ޔޫސުފް ކަމަށް ބަދަލުކޮށް، އެކަން އިސްލާމިކް މިނިސްޓްރީއަށް އަންގާފައިވެއެވެ. އިސްތިއުނާފު މަރުހަލާ ހައިކޯޓުން ކުރިއަށް ގެންދާނެ ގޮތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.