މޮންޓިލިއަންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ ކުރަން އޭސީސީން ހުށަހަޅައިފި

މޮންޓިލިއަންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ ކުރަން އޭސީސީން ހުށަހަޅައިފި

Author
އަހުމަދު
05 އޮކްޓޯބަރ 2026 07:47
0

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އާއިލާގެ ހިއްސާ ހުރި ކުންފުންޏެއް ކަމަށްވާ މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލުމަށް، އެންޓި ކޮރަޕްޝަން ކޮމިޝަނުން މައްސަލަ ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ހަވާލުކޮށްފި އެވެ.

އޭސީސީ އާއި ފުލުހުން ގުޅިގެން ކުރި ތަހުގީގުން ދައްކާ ގޮތުގައި، އެމްއެމްޕީއާރްސީ ހިޔާނާތުން ނަގާފައިވާ ފައިސާގެ ބައެއް، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުރި ޑޮލަރު އެކައުންޓުން ދޫކުރި ދެ ޗެކަކުން، އަދީބު މެދުވެރިވެގެން މޮންޓިލިއަންގެ އެކައުންޓަށް ވައްދާފައިވެ އެވެ. އެ ފައިސާ ކުށުގެ ފައިސާއެއް ކަމަށް ޝައްކުކުރެވޭނެ ހާލަތެއްގައި ވިޔަސް، އެ ދުވަސްވަރު ކުންފުނި ހިންގި ފަރާތުން އެ ފައިސާ ބަލައިގަނެ ބޭނުންކޮށްފައިވާ ކަމަށް ކޮމިޝަނުން ބުނެ އެވެ.

މި ގޮތުން މޮންޓިލިއަނަށް ޖަމާކުރި 150,000 ޑޮލަރު އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ވެސް ކޮމިޝަނުން ނިންމާފައިވެ އެވެ. މިހާރު އެ ކުންފުނި އުވާލުމުގެ މަރުހަލާގައި އޮތް ކަމަށް ވެސް އޭސީސީން ބުނެ އެވެ.

އެއް ބިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ގެއްލުނު އެމްއެމްޕީއާރްސީގެ މައްސަލައަކީ ރާއްޖޭގެ ތާރީހުގައި ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތެވެ. މި މައްސަލާގައި އެންމެ ބޮޑަށް ތުހުމަތު ކުރެވިފައިވާ ކުންފުނިތަކަކީ އެސްއޯއެފް، މިލޭނިއަލް ކެޕިޓަލް އަދި މޮންޓިލިއަން އިންޓަނޭޝަނަލް އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.