ރިޔާސީ ރޭހުން ސޯލިހް ދުރަށް، ތާއީދު ފައިސަލަށް

ރިޔާސީ ރޭހުން ސޯލިހް ދުރަށް، ތާއީދު ފައިސަލަށް

Author
އަހުމަދު
22 ސެޕްޓެމްބަރ 2026 04:08
0

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވައި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމަށް ތާއީދުކުރެއްވުމަށް ނިންމަވައިފި އެވެ.

2018 ވަނަ އަހަރު ސޯލިހްގެ ރަނިންމޭޓެއްގެ ގޮތުގައި ހުންނެވި ފައިސަލަކީ ފުރިހަމަ ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރެއްވި ހަމައެކަނި ނައިބް ރައީސް އެވެ. ސޯލިހްގެ ތާއީދު ހޯއްދެވުމަށް ފައިސަލް ވަނީ އެމަނިކުފާނާ ތަކުރާރުކޮށް ބައްދަލުކުރައްވާފަ އެވެ.

ސޯލިހްގެ އަރިސް "ޚަބަރު އޮންލައިން" އަށް މައުލޫމާތު ދެމުން ބުނީެފައިވަނީ ފައިސަލްގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސަވަން ނިންމަވާފައިވަނީ މާލޭގެ މޭޔަރު އާދަމް އާޒިމް ކަމަށާއި، ފައިސަލްގެ ކެންޑިޑެސީ ވަރަށް އަވަހަށް ރަސްމީކޮށް އިއުލާންކުރައްވާނެ ކަމަށެވެ.

އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން މިހާތަނަށް އިއުލާން ކުރައްވާފައިވަނީ ކުރީގެ ވަޒީރުން ކަމުގައިވާ އަބްދުﷲ ޝާހިދާއި ފައްޔާޒު އިސްމާއީލްގެ އިތުރުން ޑރ. އަހްމަދު ޝަމްހީދު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.