ލ. ގަމުގައި އިއްޔެ ބޭއްވި ސައިކަލު ރޭސިން މުބާރާތެއްގެ ތެރެއިން ސައިކަލު ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު 20 އަހަރުގެ ޒުވާނާ އަށް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން އެބަދެއެވެ.
އައިޖީއެމްއެޗުން ބުނިގޮތުގައި، އެ ޒުވާނާ މާލެ ގެނެސްފައި ވަނީ ލ. ގަމު ހޮސްޕިޓަލްގައި ފުރަތަމަ ފަރުވާ ދިނުމަށް ފަހު އެވެ. މި ހާދިސާ ހިނގާފައި ވަނީ އިއްޔެ ހެނދުނު ގަމުގައި ކުރިއަށް ދިޔަ "ރާސް ޗެމްޕިއަންޝިޕް، ލާމު އެޑިޝަން" ގެ ތެރެއިން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނައްޓައިގެންނެވެ.
ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ އިއްޔެ ހެނދުނު 09:54 ހާއިރު ކަމަށާއި، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބެލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ކޮމެންޓު ފޮނުވާ