ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާއި އިޖުތިމާއީ އެހީތެރިކަން ފަސޭހަކަމާ އެކު ފޯރުކޮށްދިނުމުގެ ގޮތުން ޔޫތު މިނިސްޓްރީން ހިލޭ ގުޅޭނެ ހާއްސަ ހޮޓްލައިނެއް ކަމަށްވާ "1456″ ތައާރަފްކޮށްފި އެވެ.
މި ހޮޓްލައިން މެދުވެރިކޮށް ވަކިވަކި ފަރުދުންނާއި އާއިލާތަކަށް ބޭނުންވާ ކައުންސިލިންގެ ހިދުމަތާއި ނަފްސާނީ ކުއްލި އެހީތެރިކަން، ސިއްހީ ސްކްރީނިން، ދިރިއުޅުމުގެ ހުނަރުތައް އިތުރުކުރުމުގެ ސެޝަންތަކާއި ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާ ގުޅޭ އިރުޝާދު ލިބިގެންދާނެ އެވެ. މިނިސްޓްރީން ބުނި ގޮތުގައި، މީގެ ބޭނުމަކީ ކޮންމެ ޒުވާނަކަށް ވެސް އެއް ފުރާޅެއްގެ ދަށުން މިފަދަ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމެވެ.
މި ހިދުމަތްތައް ލިބޭނީ ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 2:00 އާ ހަމައަށެވެ. މީގެ އިތުރުން، 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިން "1677″ އާއި ޔޫތު ހަބުގައި ގާއިމްކޮށްފައިވާ ހެޕިނެސް ލައުންޖު މެދުވެރިކޮށް ވެސް ހިލޭ ކައުންސިލިންގެ ހިދުމަތް ދަނީ ދެމުންނެވެ.
ކޮމެންޓު ފޮނުވާ