ސައުދީ ފަންޑުގެ ސީއީއޯ ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ސައުދީ ފަންޑުގެ ސީއީއޯ ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

Author
އަހުމަދު
15 ސެޕްޓެމްބަރ 2026 05:45
0

ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސް.އެފް.ޑީ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ނިޝާން މުލީގެ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ސުލްތާން ބިން އަބްދުއްރަހްމާން އަލް-މަރްޝަދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސްގެ ރަސްމީ ގެކޮޅު، މުލީއާގޭގައި މެންދުރުފަހު ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރައީސް ޑރ. މުއިއްޒު ވަނީ އަލް-މަރްޝަދާއި އެ ވަފުދަށް ހޫނު މަރުހަބާއެއް ދަންނަވައި، ރާއްޖޭގެ ތަރައްގީގައި ސައުދީ ފަންޑާއި ސައުދީ ސަރުކާރުން މެދުނުކެނޑި ދެއްވަމުންދާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި އަލް-މަރްޝަދު ވަނީ ސައުދީ ފަންޑާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރުމަށް ފަންޑުން ދޭ އިސްކަން ފާހަގަކުރައްވާފައެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، ދެ ބޭފުޅުން ވަނީ ރާއްޖޭގެ ތަރައްގީގައި ސައުދީ ފަންޑުން އަދާކުރާ މުހިންމު ދައުރާ ގުޅޭގޮތުން މަޝްވަރާކުރައްވައި، މިހާރު ކުރިއަށްދާ މަޝްރޫއުތަކާއި ދެ ފަރާތުގެ ދެމެދު އޮތް އެއްބާރުލުން އިތުރަށް ފުޅާކުރެއްވުމުގެ އަޒުމް އާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.