މާލޭގެ މަގުތަކުގެ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ގްރޭޓަ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ އިސްވެރިޔަކަށް، ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރު ޖެނެރަލް ޔޫސުފް މާނިއު އައްޔަން ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މިދިޔަ ޖުލައި މަހު އުފެއްދެވި މި އޮފީހަކީ، މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކުރުމާއި، ޕާކުކުރުމުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރުމަށް، ގަވަނިން ބޯޑެއްގެ ލަފާގެ ދަށުން ހިންގާ އިދާރާއެކެވެ.
މި ސަރުކާރު ފެށުނުއިރު ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލްކަމުގެ މަގާމަށް އައްޔަން ކުރެއްވި ފުރަތަމަ ބޭފުޅަކީ މާނިއު އެވެ. ނަމަވެސް ޖުލައި 2024 ގައި އެ މަގާމުން އޭނާ ވަކިކުރައްވައި، ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވުމުން، ދެ ދުވަސް ފަހުން އެ މަގާމުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ކޮމެންޓު ފޮނުވާ