އުތުރުގެ ރަށެއްގައި ފިރިހެން ކުޑަކުއްޖަކަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ އެ ކުއްޖާ އެކި ގޮތްގޮތަށް ބާއްވައިގެން އަނިޔާކުރާ މަންޒަރާއި، ގަދަކަމުން މާފަށް އެދެން މަޖުބޫރުކުރާ މަންޒަރެވެ. ވީޑިއޯގައި އެ ކުއްޖާ ރޮމުންދާ މަންޒަރުވެސް ފެނެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މައްސަލަ އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފުލުހުން ވަނީ އެ ވީޑިއޯ އާއި ކުއްޖާ އައިޑެންޓިފައި ވެދާނެ އެއްވެސް މައުލޫމާތެއް މީސްމީޑިއާގައި ޝާއިއު ނުކުރުމަށާއި ދައުރު ނުކުރުމަށް އިލްތިމާސް ކޮށްފައެވެ. އެފަދަ މައުލޫމާތު އާންމުކުރުމަކީ ކުއްޖާގެ ކަރާމާތަށް އުނިކަން ލިބި، ނަފްސާނީ ގޮތުން އިތުރު ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ