ކޮންގްރެސްގެ މަންދޫބުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

ކޮންގްރެސްގެ މަންދޫބުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

Author
އަހުމަދު
14 ސެޕްޓެމްބަރ 2026 05:16
0

ވެރިކަން ކުރާ ޕީއެންސީގެ ކޮންގްރެސްގައި ބައިވެރިވެވަޑައިގަތުމަށް މާލެއަށް ވަޑައިގެންނެވި އެ ޕާޓީގެ މަންދޫބުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.

ޕީއެންސީގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ހަލީލް "ވަގުތަށް" ވިދާޅުވި ގޮތުގައި، މާދަމާ ފަށާ ކޮންގްރެސްއަށް ވަޑައިގެންނެވި ސްޓިއަރިން ކޮމިޓީގެ މެންބަރުންނާއި، ކައުންސިލްތަކުގެ ރައީސުންނާއި ނައިބުރައީސުންގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ރައީސް ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ވާހަކަތައް އަޑުއެއްސެވިއެވެ. މިއީ ކުރިން ލިބިފައިނުވާ ފަދަ ހާއްސަ ފުރުސަތެއްގެ ގޮތުގައި މަންދޫބުން ސިފަކުރެއްވި ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ޕީއެންސީގެ ކޮންގްރެސް ފެށޭނީ މާދަމާ އެވެ. އަދި ކުރިއަށްދާނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ. މި ކޮންގްރެސްގައި 1،300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާނެ ކަމަށާއި، މިއީ ރާއްޖޭގެ ތާރީހުގައި ސިޔާސީ ޕާޓީއަކުން ބާއްވާނެ އެންމެ ފުރިހަމަ ކޮންގްރެސް ކަމުގައި ޕީއެންސީން ބުނެއެވެ. 78،505 މެންބަރުންނާއެކު ޕީއެންސީއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.