ސްޓެލްކޯ ބަސް ސްޓޮޕުގެ ޓީވީ ވަގަށް ނެގި މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފި

ސްޓެލްކޯ ބަސް ސްޓޮޕުގެ ޓީވީ ވަގަށް ނެގި މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފި

Author
އަހުމަދު
14 ސެޕްޓެމްބަރ 2026 05:17
0

މާލޭ ސްޓެލްކޯ ކައިރީ ހުންނަ ބަސް ސްޓޮޕުގައި ހަރުކޮށްފައި ހުރި ޓީވީއެއް ވަގަށް ނެގި މީހަކު ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން ބުނީ، ހެންވޭރު ޕޮލިހުން ތަޙުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ މީހަކީ ކާކުކަން ދެނެގަނެވިފައި ނުވާ މީހެއް ކަމަށެވެ. އަދި އެ މީހާ ޓީވީ ވަގަށް ނަގާ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖު މިހާރު ވަނީ އާންމުކޮށްފައެވެ.

ވީޑިއޯއިން ފެންނަ މީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ. މީގެ އިތުރުން، ކުށްކުރާ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.