ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމުގައި ހުންނެވި ޢަބްދުﷲ ނާޒިމް އިބްރާހީމް، އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ވަޒީރު ފެންވަރުގައި މިދިޔަ ޖޫން މަހު އެ މަގާމަށް އައްޔަން ކުރެއްވި ނާޒިމް، މަގާމުން އިސްތިއުފާ ދެއްވި ސީދާ ސަބަބެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.
މި ސަރުކާރުގައި ނާޒިމް ފުރަތަމަ އަދާކުރެއްވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމެވެ. ސެޕްޓެމްބަރު 30، 2024 ގައި ހެލްތު މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ނަމަވެސް، މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އެ މަގާމުން ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.
ޅ. ހިންނަވަރު ބޮޑުފެންޑާގެ ނާޒިމަކީ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ހެލްތު މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ހިންނަވަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ވާދަކުރެއްވި ނަމަވެސް، އެ ގޮނޑި ކާމިޔާބުކުރެއްވިފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބަށްފަހު 10 ވަޒީރަކު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭގެތެރެއިން ބައެއް ބޭފުޅުންނަށް މިހާރު ވަނީ ސަރުކާރުގެ އިސް މަގާމުތައް ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ