ދިވެހި ޤައުމީ އެއްބައިވަންތަކަމުގެ 9 ޤަރުނަކީ ދުނިޔޭގެ އެހެން ޤައުމަކަށް ލިބިފައިނުވާ ފަޚުރެއް: ފަސްޓް ލޭޑީ

ދިވެހި ޤައުމީ އެއްބައިވަންތަކަމުގެ 9 ޤަރުނަކީ ދުނިޔޭގެ އެހެން ޤައުމަކަށް ލިބިފައިނުވާ ފަޚުރެއް: ފަސްޓް ލޭޑީ

Author
އަހުމަދު
13 ސެޕްޓެމްބަރ 2026 01:55
0

ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި، އެއްބައިވަންތަކަމުގެ ނަމޫނާއެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ދުނިޔޭގެ އެހެން އެއްވެސް ޤައުމަކަށް ލިބިފައިނުވާ ފަޚުރަކާއި ޝަރަފެއް ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ "އެކްސް" މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން، ދިވެހިންނަށް އިސްލާމްދީނުގެ ހިދާޔަތު މިންވަރު ކުރެއްވިތާ 900 އަހަރު ފުރުން ފާހަގަކުރައްވާއިރު، އެއްބައިވަންތަކަމުގެ ނަމޫނާއެއްގެ ގޮތުގައި ދިވެހިން 9 ޤަރުނު ހޭދަކުރުމަކީ ދުނިޔޭގެ އެހެން އެއްވެސް ޤައުމަކަށް ލިބިފައި ނުވާ ފަޚުރެއް ކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ.

އަދި، މި މަތިވެރި ނިޢުމަތާއި ރަޙްމަތް ދިވެހިރާއްޖެއަށް ދެއްވީތީ މާތްﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ތަކުރާރު ކުރައްވާ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.