އޮޔާދިޔަ ތެޔޮ ބޯޓުތަކުގެ ފަޅުވެރިންގެ މައްސަލަ އެޗްއާރުސީއެމުން ބަލަނީ

އޮޔާދިޔަ ތެޔޮ ބޯޓުތަކުގެ ފަޅުވެރިންގެ މައްސަލަ އެޗްއާރުސީއެމުން ބަލަނީ

Author
އަހުމަދު
12 ސެޕްޓެމްބަރ 2026 04:50
0

މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި ނަގިލި ކަނޑައިގެންގޮސް، ސިނަމާލެ ބްރިޖުގައި ޖެހި، އިއްޔެ އަޑިއަށް ދިޔަ ތެޔޮ އުފުލާ ބޭރުގެ ދެ ބޯޓުގެ ފަޅުވެރިންގެ ކާބޯތަކެއްޗާއި އަސާސީ ސާމާނު ހުސްވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފިއެވެ.

އައިއެމްއޯ ނަންބަރެއް ނެތް "އޭއެލް 1″ އަދި ޓޯގޯގެ ދިދައިގައި ދަތުރުކުރި "އެމްޓީ ކޭޖީ 1″ ނަމަކަށް ކިޔާ އެ ދެ ބޯޓު ރާއްޖޭގެ ސަރަހައްދަށް ވަދެފައިވަނީ ކަމާބެހޭ އިދާރާތަކަށް އެންގުމަކާ ނުލައި، މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ. ދޫނިދޫ އާއި މާލެއާ ދެމެދު ބަނދަރުކޮށްފައި އޮއްވައި، ބުރާސްފަތި ދުވަހުގެ ރޭ 10:00 ހާއިރު އައި ގަދަ ކޮޅިގަނޑެއްގައި އޮޔާދިޔަ ނުވަ ފަޅުވެރިންނާއެކު އޮތް އެ ދެ ބޯޓު، ސިނަމާލެ ބްރިޖުގައި ޖެހުމަށްފަހު ދިޔަވެ، މާލެ އަތޮޅުގެ އިރުމަތިން ސަރަހައްދީ އިމުން ބޭރަށް ގާތްގަނޑަކަށް 30 ނޯޓިކަލް މޭލު ދުރުން ވަނީ އަޑިއަށް ގޮސްފައެވެ.

އެޗްއާރުސީއެމުން ބުނީ، މި މައްސަލަ އެ ކޮމިޝަނުގެ ސަމާލުކަމަށް އައީ ބޯފެނާއި ކާތަކެއްޗާއި އަސާސީ ސާމާނު ހުސްވެފައިވާ ކަމަށްބުނެ، ބޯޓުގެ ފަޅުވެރިންގެ ފަރާތުން ޖުލައި މަހު ހުށަހެޅި ޝަކުވާއަކުން ކަމަށެވެ. މައްސަލައާ ގުޅިގެން ފަޅުވެރިންގެ ސިއްހީ ހާލަތާއި އަސާސީ ބޭނުންތައް ފުރިހަމަވެފައިވޭތޯ ބަލައި، ފުލުހުންނާއި ކަސްޓަމްސްގެ އިތުރުން ރާއްޖެއިން ކަނޑައަޅާފައިވާ އެޖެންޓާ ގުޅިގެން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށާއި، މިއީ މިހާރުވެސް މޮނިޓާކުރަމުންދާ މައްސަލައެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ބްރިޖުގައި ޖެހުމުގެ ސަބަބުން ބްރިޖުގެ މައިގަނޑު އޮނިގަނޑަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް، ކޫރުންތަކެއް އެޅިފައިވާ ކަމަށް ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.