މެދުރާއްޖެތެރެއަށް ޔެލޯ އެލާޓް؛ ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ

މެދުރާއްޖެތެރެއަށް ޔެލޯ އެލާޓް؛ ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ

Author
އަހުމަދު
12 ސެޕްޓެމްބަރ 2026 09:41
0

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން އެންމެ ބޮޑަށް ގޯސްވާނީ މެދުރާއްޖެތެރެއަށް ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ޔެލޯ އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ނެރުނު މި ސަމާލު ހިމެނެނީ ކ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށެވެ. މި ވަގުތުތަކުގައި މި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލާ ހަމައަށް ވައިގަދަވެ، ކަނޑުތައް ވެސް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ލަފާކުރެވެ އެވެ.

މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާތީ، ޚާއްޞަކޮށް ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރެއްވުމަށާއި، ފުރުމުގެ ކުރިން މޫސުމުގެ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައި ސަލާމަތީ ވަސީލަތްތައް ފުރިހަމަކުރެއްވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.