ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ މި ބަލިން ރައްކާތެރިވުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އެޅުމަށާއި، ބޭރަށް ހިންގާނަމަ ހަށިގަނޑު ހައިޑްރޭޓް ކޮށްފައި ބެހެއްޓުމަށްޓަކައި ގިނަގިނައިން ލޮނު ޕެކެޓާއި ފެނާއި ސޫޕް ފަދަ ދިޔާތަކެތި ބޭނުން ކުރުމަށެވެ. އަދި ފާހާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވެ، ފާހާނާ ބޭނުން ކުރުމަށްފަހު ސެނިޓައިޒް ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، ގިނަގިނައިން ހޮޑުލެވުން، މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުން ކުރެވޭ ވަރު މަދުވުން، ބޮލަށް އެނބުރުން އެރުން، އާދަޔާ ހިލާފަށް ކަރު ހިއްކުން، އާދަޔާ ހިލާފަށް ބަނޑުގައި ރިއްސުން، ލެވޭ ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުން ނުވަތަ ކުޑަކަމުދެވޭ މިންވަރު މަދުވުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ