ސިނަމާލެ ބްރިޖު ސަރަހައްދަށް އުރުނު ބޭރުގެ ބޯޓުތަކުގެ މައްސަލައަކީ މި އަހަރުގެ ޖުލައި މަހުން ފެށިގެން ބަލަމުން އަންނަ މައްސަލައެއް ކަމަށާއި، ބޯޓުގެ ފަޅުވެރިންނަށް ބޭނުންވި އިންސާނީ އެހީތެރިކަން އޭރު ފޯރުކޮށްދީފައިވާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.
އެ ކޮމިޝަނުން ބުނީ، ބޯފެނާއި ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ސާމާނު ހުސްވެފައިވާ ކަމަށް ބުނެ ބޯޓުގެ ފަޅުވެރިންގެ ފަރާތުން ޖުލައި މަހު ޝަކުވާ ހުށަހެޅުމާ އެކު، ފަޅުވެރިންގެ ސިއްޙީ ޙާލަތާއި ކެއިންބުއިމުގެ އިންތިޒާމުތައް ހަމަޖެހިފައިވޭތޯ ވަގުތުން ބަލަން ފެށި ކަމަށެވެ.
އެއަށްފަހު، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިތުރުން ބޯޓަށް ރާއްޖެއިން ކަނޑައަޅާފައިވާ އެޖެންޓާ ގުޅިގެން، ފަޅުވެރިންނަށް ބޭނުންވި އަސާސީ ޙާޖަތްތައް ފޯރުކޮށްދީ، އެ މީހުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އެޗްއާރުސީއެމުން ވަނީ ޔަގީންކޮށްދީފަ އެވެ.
ކޮމެންޓު ފޮނުވާ