މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
17 ޖެނުއަރީ 2021 02:37
0

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން މާލޭގެ ހަތަރު ގެއެއް ބަލައި ފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށް އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ބަލައި ފާސްކޮށްފައިވަނީ މައްޗަންގޯޅި ގެއަކާއި ގަލޮޅު ގެއެއްގެ އިތުރުން މާފަންނު ގެއަކާއި މާފަންނުގައި ހުރި ގެސްޓު ހައުސްއެކެވެ.

މި ޖަނަވަރީ މަހުގެ 12 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ތިން ޖޫސްޕެޓީ ކޮތަޅާއި، ބޮޑު ހަ ރަބަރު ޕެކެޓާއި، 33 ރަބަރު ޕެކެޓާއި، ފޮއިލް ކޮޅަކާއި ސެލޯފިންކޮޅެއްގެ އިތުރުން ފިލްމު ހުސްކުރި 10 ދަޅާއި ބަނގުރާ ފުޅިއެއް ފެނިފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ އަންހެނަކާއި 33 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ ފިރިހެނެއްގެ އިތުރުން 41 އަހަރުގެ ފިރިހެނެކެވެ. މި ހަތަރު މީހުންނަކީވެސް ދިވެހިންނެވެ.

މި މައްސަލައާ ގުޅިގެން އެ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހު މުއްދަތު ދީފައިވާކަމަށް ފުލުުހުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.