ބައެއް ހިތާމަވެރި ހާދިސާތަކާއި ގުޅިގެން ކަށަވަރު ނުވާ މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފި

ބައެއް ހިތާމަވެރި ހާދިސާތަކާއި ގުޅިގެން ކަށަވަރު ނުވާ މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފި

Author
އަހުމަދު
04 ސެޕްޓެމްބަރ 2026 11:33
0

ހުޅުމާލޭގައި ދާދި ފަހުން ހިނގައިދިޔަ ހިތާމަވެރި ހާދިސާތަކާ ގުޅިގެން ކަށަވަރު ނުވާ މައުލޫމާތު މީސްމީޑިއާގައި ނުފެތުރުމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ކަމާބެހޭ އިދާރާތަކުން ކަށަވަރުކޮށްދީފައި ނުވާ މައުލޫމާތާއި، ހާދިސާގައި ހިމެނޭ ފަރާތްތަކުގެ އަބުރާއި ކަރާމާތަށް އުނިކަން ލިބޭފަދަ ފޮޓޯއާއި ވީޑިއޯތައް މީސްމީޑިއާގައި ދައުރުވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގައި، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ކުޑަކުދިންގެ ޒާތީ މައުލޫމާތު ދެނެގަނެވޭފަދަ މައުލޫމާތު އާންމުކުރުމަކީ މަނާކަމެއް ކަމާއި، އެ ގާނޫނުގެ 53 ވަނަ މާއްދާގައި ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކުމަކީ މަނާކަމެއް ކަމަށް ބަޔާންކޮށްފައިވާކަން ކައުންސިލުން ފާހަގަކުރިއެވެ.

މިފަދަ ނާޒުކު ހާލަތްތަކުގައި ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ ހާދިސާގެ އަސަރުކޮށްފައިވާ ކުޑަކުދިންނަށާއި އެ އާއިލާތަކަށް އިތުރު ނަފްސާނީ ހިތްދަތިކަން ކުރިމަތިވާނެ ކަމެއް ކަމަށާއި، ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޒާތީ މައުލޫމާތު ހާމަކުރުމުން މުޖުތަމައުގައި އެފަރާތްތަކާ މެދު ނޭދެވޭ ތަފާތުކުރުންތައް އުފެދުމަށް މަގުފަހިވާ ކަމަށް ވެސް ބަޔާނުގައި ވިދާޅުވިއެވެ.

އެހެންކަމުން، މީސްމީޑިއާ ބޭނުންކުރުމުގައި ޒިންމާދާރުވެ، ހާދިސާގެ އަސަރުކޮށްފައިވާ އާއިލާތަކުގެ ކަރާމާތަށް އިހްތިރާމުކޮށް، މި ހިތާމައިން އަރައިގަތުމަށް ބޭނުންވާ ވަގުތާއި އެއްބާރުލުން ދިނުމަށް ކައުންސިލުން ވަނީ ނަސޭހަތްތެރިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.