17.7 ކިލޯގެ މަސްތުވާތަކެއްޗާއެކު ޑްރަގް ނެޓްވޯކެއްގެ އިސް ދެ މީހަކު ހައްޔަރަށް

17.7 ކިލޯގެ މަސްތުވާތަކެއްޗާއެކު ޑްރަގް ނެޓްވޯކެއްގެ އިސް ދެ މީހަކު ހައްޔަރަށް

Author
އަހުމަދު
04 ސެޕްޓެމްބަރ 2026 11:30
0

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ގާތްގަނޑަކަށް 17.7 ކިލޯގެ މަސްތުވާތަކެއްޗާއެކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ އަޕަރ ސައުތު ޕޮލިސްގެ ގއ. އަތޮޅު ޕޮލިހާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމެންޓް ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ގއ. މާމެންދޫގައި ހުންނަ ދެ ގެއެއް ބަލައިފާސްކޮށްގެންނެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / ފިޔާތޮށިވިލާ، އަޒުހަދު ނަސީމް (29އ) އާއި ގއ. މާމެންދޫ / ރޯޝަނީގެ، ރިޝްފާން ރާމިޒު (29އ) އެވެ.

ދެ ގެއިން ފެނުނު 17.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްސާއެކު ހައްޔަރުކުރެވުނު މި ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ. ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އިތުރު ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށާއި، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.