ފުރަތަމަ ހަ މަހު މަރުވި މީހުންގެ ތެރޭގައި 89 ބިދޭސީން

ފުރަތަމަ ހަ މަހު މަރުވި މީހުންގެ ތެރޭގައި 89 ބިދޭސީން

Author
އަހުމަދު
04 ސެޕްޓެމްބަރ 2026 11:28
0

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި 2،538 ކުދިން އުފަންވެ، 813 މީހުން މަރުވެފައިވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ހާމަކޮށްފިއެވެ.

ހެލްތް މިނިސްޓްރީއާ ގުޅިގެން އެމްބީއެސް އިން ނެރުނު "މޯލްޑިވްސް ވައިޓަލް ސްޓެޓިސްޓިކްސް ކުއާޓަލީ ބުލެޓިން" ގައިވާ ގޮތުން، އުފަންވި ކުދިންގެ ތެރެއިން 1،225 ކުދިން އުފަންވެފައިވަނީ ފުރަތަމަ ކުއާޓަރު ގައި ކަމަށާއި، ދެވަނަ ކުއާޓަރު ގައި 1،313 ކުދިން އުފަންވެފައިވާކަމަށެވެ. އޭގެ ތެރެއިން 1،309 އަކީ ފިރިހެން ކުދިންނެވެ.

ފުރަތަމަ ހަ މަހު މަރުވި 813 މީހުންގެ ތެރޭގައި 89 ބިދޭސީން ހިމެނޭއިރު، ބާކީ ތިބީ ދިވެހިންނެވެ. މަރުވި މީހުންގެ ތެރެއިން 490 އަކީ ފިރިހެނުންނެވެ. އުމުރު ފުރައިގެ ގޮތުން ބަލާއިރު، އެންމެ ގިނައިން މަރުވެފައިވަނީ 65 އަހަރުން މަތީގެ މީހުންނެވެ. އެ އުމުރު ފުރައިން 488 މީހުން މަރުވެފައިވާއިރު، 18 އަހަރާއި 64 އަހަރާ ދެމެދުގެ 263 މީހުންނާއި، 5 އަހަރާއި 17 އަހަރާ ދެމެދުގެ 10 ކުދިންނާއި، 4 އަހަރު ނުފުރޭ 30 ކުދިން ވެސް ވަނީ މަރުވެފައެވެ.

ސަރަހައްދުތަކުގެ ގޮތުން ބަލާއިރު، މާލެ ސަރަހައްދުން 450 މީހުން މަރުވެފައިވާއިރު، އަތޮޅުތެރެއިން މަރުވެފައިވަނީ 343 މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.