ހުޅުމާލޭ އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ނުވަ އަހަރުގެ ކުއްޖާ ނިޔާވެއްޖެ

ހުޅުމާލޭ އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ނުވަ އަހަރުގެ ކުއްޖާ ނިޔާވެއްޖެ

Author
އަހުމަދު
01 ސެޕްޓެމްބަރ 2026 08:06
0

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާ ދެމުން ދިޔަ ނުވަ އަހަރުގެ އަންހެން ކުއްޖާ ނިޔާވެއްޖެއެވެ.

ހިތިގަސްމަގު، ވިނަރެސް ހަތެއް ކައިރީގައި ހިނގި މި އެކްސިޑެންޓް މެދުވެރިވީ، އެ ސަރަޙައްދުގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން ވެގެން މަގުގެ ފަޅިން ހިނގާފައި ދިޔަ އެ ކުއްޖާގެ ގައިގައި، ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ވިދާޅުވެއެވެ. ސީސީޓީވީ ފުޓޭޖްތަކުން މިހާތަނަށް ބެލި ބެލުމުން މިކަން ސާފުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ ސައިކަލު ދުއްވަން އިނީ 18 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި، އޭނާއަށްވެސް އަނިޔާވެ، ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ނިޔާވުމާ ހަމައަށް އެ ކުއްޖާއަށް ފަރުވާ ދެމުން ގޮސްފައި ވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައެވެ. ކުއްޖާ ނިޔާވި ޚަބަރު އޭނާގެ ބައްޕަ ވަނީ ފޭސްބުކް މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.