ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަމާއި ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ޚާއްޞަކޮށްގެން އެސްއެމްއީ ޑިޖިޓަލްގެ މޮބައިލް އެޕްލިކޭޝަނެއް މިއަދު އިފްތިތާޙުކޮށްފިއެވެ.
އެ ކުންފުނިން ބުނީ މި އެޕް މެދުވެރިކޮށް، ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެގެންވެސް ރައްކާތެރި ޕްލެޓްފޯމެއްގެ ތެރެއިން ޚިދުމަތްތަކަށް އެދުމާއި، ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ފަހުގެ އަޕްޑޭޓްތައް ބެލުމާއި، ނަގާފައިވާ ފައިނޭންސިންގ ފެސިލިޓީތައް މެނޭޖްކޮށް ފައިސާ ދެއްކުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން ވަގުތުން ނޮޓިފިކޭޝަން ލިބުމާއި، އެސްއެމްއީ ޑިޖިޓަލްއާ ސީދާ މުޢާމަލާތްކުރެވޭނެ އިންތިޒާމުވެސް މި އެޕްގައި ވަނީ ހިމަނާފައެވެ.
އެޕް ސްޓޯރ އަދި ގޫގުލް ޕްލޭ އިން ދާދި އަވަހަށް ޑައުންލޯޑް ކުރެވޭ ގޮތަށް ހަމަޖައްސާފައިވާ މި އެޕް، ކަސްޓަމަރުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އެކި މަރުޙަލާތަކަށް ބަހާލައިގެންނެވެ. އަދި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހުމުން އެކަން ކަސްޓަމަރުންގެ އެކައުންޓަށް އަންގާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެސްއެމްއީ ޑިޖިޓަލްއިން ބުނާ ގޮތުގައި މި އެޕަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ތިބި ވިޔަފާރިތަކަށް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދީ، މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ބައެކެވެ.
ކޮމެންޓު ފޮނުވާ