ކުޑަކުދިންގެ އޮރިޔާން ކާޑު ވިއްކި މީހަކަށް 18 ދުވަހުގެ ޖަލު ހުކުމެއް

ކުޑަކުދިންގެ އޮރިޔާން ކާޑު ވިއްކި މީހަކަށް 18 ދުވަހުގެ ޖަލު ހުކުމެއް

Author
އަހުމަދު
30 އޮގަސްޓް 2026 04:32
0

ކުޑަކުދިންނާއި ބޮޑެތި މީހުންގެ އޮރިޔާން ފޮޓޯއާއި ވީޑިއޯ ޓެލެގްރާމް މެދުވެރިކޮށް ވިއްކައިގެން ވިޔަފާރިކުރި މީހަކު 18 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މި ހުކުމް އިއްވާފައި ވަނީ އދ. މަހިބަދޫ، ބަހާރުގޭ، ޒުބައިރު އަލީގެ މައްޗަށެވެ. ޝަރީއަތުގެ ރިޕޯޓުން އެނގޭ ގޮތުގައި، 1 ޖެނުއަރީ 2022 އިން 8 އޯގަސްޓް 2024 އަށް ޓެލެގްރާމްގައި ތަފާތު އެކައުންޓުތައް ހަދައި، ގިނަ ޗެނަލްތަކެއް މެދުވެރިކޮށް ޒުބައިރު ވަނީ ބޮޑެތި މީހުންނާއި ކުޑަކުދިންގެ އޮރިޔާން މަންޒަރުތައް ހިމެނޭ ފޮޓޯއާއި ވީޑިއޯ ވިއްކާފަ އެވެ.

ފުލުހުންގެ ތަހުގީގުގައި އޭނާ ގެންގުޅުނު ސެމްސަންގް ގެލެކްސީ ނޯޓް 10، ރެޑްމީ 12، އައިފޯން 12 ޕްރޯ މެކްސް ފޯނާއި، ކޮޓަރިން ފެނުނު އޭސާ ބްރޭންޑުގެ ލެޕްޓޮޕް ތަހުލީލުކުރިއިރު، އެ ތަކެތިން ގިނަ އަދަދެއްގެ އޮރިޔާން ފޮޓޯއާއި ވީޑިއޯ ފެނިފައިވާ ކަމަށް ޝަރީއަތުގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ޒުބައިރުއަށް 18 ދުވަހުގެ ކުރު ޖަލު ހުކުމެއް އައީ، އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލާފައި ވާތީ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.