ކަރަންޓު ކެނޑިދާނެ ކަމަށް ފެތުރޭ ވާހަކަ ސްޓެލްކޯއިން ދޮގުކޮށްފި

ކަރަންޓު ކެނޑިދާނެ ކަމަށް ފެތުރޭ ވާހަކަ ސްޓެލްކޯއިން ދޮގުކޮށްފި

Author
އަހުމަދު
30 އޮގަސްޓް 2026 04:31
0

ވާޓިސިލާ ކުންފުނިން ސްޕެއާ ޕާޓްސް ފޯރުކޮށްނުދޭތީ ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓު ކެނޑިދާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް ސްޓެލްކޯއިން ދޮގުކޮށްފި އެވެ.

ދައުރުވަމުންދާ ޕޯސްޓްތަކުގައި ބުނެފައިވަނީ، ސްޓެލްކޯއިން ދައްކަންޖެހޭ ފައިސާ ނުދައްކާތީ، އެ ފައިސާ ހަލާސްނުކުރަނީސް ސްޕެއާ ނުފޮނުވޭނެ ކަމަށް ވާޓިސިލާއިން ރަސްމީކޮށް ސްޓެލްކޯއަށް އަންގާފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން އަވަހަށް ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވެދާނެ ކަމަށްވެސް އެ ޕޯސްޓްތަކުގައި ބުނެފައިވެ އެވެ.

އެހެންނަމަވެސް، މިކަމާ ގުޅިގެން ސްޓެލްކޯއިން ބުނީ، ވާޓިސިލާއާއެކު އަހަރުތަކެއް ވަންދެން ބިނާކޮށްފައިވާ ބަދަހި ގުޅުމަށް އެއްވެސް ބުރުލެއް އަރާފައި ނުވާ ކަމަށާއި، އެ ދެ ކުންފުނީގެ ދެމެދުގައި އޮތް އެއްބާރުލުން މިއަދުވެސް ވަރުގަދަކޮށް ދެމިއޮތް ކަމަށެވެ.

އޭގެ އިތުރުން، މެދުކެނޑުމެއް ނެތި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ކަސްޓަމަރުންނަށާއި އާންމު ރައްޔިތުންނަށް ސްޓެލްކޯއިން ވަނީ ދީފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.