އަމީނީ މަގުގެ ސެގްމެންޓް 1 ގެ ސަބްގްރޭޑް މަސައްކަތުގެ 90 އިންސައްތަ ނިމިއްޖެ

އަމީނީ މަގުގެ ސެގްމެންޓް 1 ގެ ސަބްގްރޭޑް މަސައްކަތުގެ 90 އިންސައްތަ ނިމިއްޖެ

Author
އަހުމަދު
27 އޮގަސްޓް 2026 10:31
0

އަމީނީ މަގު މަރާމާތު ކުރުމުގެ މަޝްރޫއުގެ ދަށުން ސެގްމެންޓް 1 ގެ ސަބްގްރޭޑް މަރާމާތު ކުރުމުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ވިދާޅުވެއްޖެއެވެ. މި ސަރަހައްދުގައި މިހާރު ކުރިއަށްދަނީ ދަރުމަވަންތަ ޕާކުން ފެށިގެން އިއްޒުއްދީން މަގާ ހަމައަށް ހިމެނޭ ބަޔެއްގެ މަސައްކަތެވެ.

އެމްޓީސީސީން ބުނާ ގޮތުގައި ބާކީ ހުރި މަސައްކަތްތައް މިއަދުގެ ނިޔަލަށް ނިންމާލެވޭނެއެވެ. އެއަށްފަހު ދެން ފަށާނީ ތާރު އެޅުމުގެ ކުރިން ސަބްގްރޭޑް ވަރުގަދަ ކުރުމަށް ބޭނުންވާ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމުގެ މަސައްކަތެވެ. މި މަޝްރޫއު އަލުން ފެށީ ސާވޭތައް ނިންމުމަށްފަހު މިމަހުގެ 3 ވަނަ ދުވަހުއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ސަރުކާރުން 84.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން 2023 ވަނަ އަހަރު ފެށި މި މަގުގެ ތާރު އެޅުމުގެ މަސައްކަތް ނިންމައި 2024 ގެ ކުރީކޮޅު އާންމުންނަށް ހުޅުވާލި ނަމަވެސް، ގިނަ ދުވަހެއް ނުވެ މަގުގައި ބޮޑެތި އަޑިގުޑަންތަކެއް ހެދި ދުއްވާ މީހުންނަށް ދަތިތައް ކުރިމަތިވުމުން ދާދިފަހުން ވަނީ އަލުން މަރާމާތު ކުރަން ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.