އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް ޖަމީލާ އަލީ ޚާލިދު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގަތް 56 މެންބަރުންގެ އިއްތިފާގުން ޖަމީލާއަށް ރުހުންދިނުމަށް ފާސްކުރި އިރު، މި ވަގުތު އޭނާ ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް-ލާޖުގެ މަގާމުގަ އެވެ. ދައުލަތުގެ އެކި މަގާމުތައް ފުރުއްވާފައިވާ ޖަމީލާ ވަނީ 2017 އިން 2019 އަށް ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ ފުރަތަމަ ސަފީރުކަން ކުރައްވައި، ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސްކަން ވެސް އަދާކުރައްވައިފަ އެވެ.
އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމު ފުރުއްވި އިރުތިޝާމް އާދަމް، މިދިޔަ އޭޕްރީލް މަހު ފޮރިން މިނިސްޓަރު ކަމަށް އައްޔަން ކުރެއްވުމުންނެވެ.
ކޮމެންޓު ފޮނުވާ