އެލްޖީއޭގެ ބޯޑަށް ދެ ބޭފުޅަކު އައްޔަންކުރަން މަޖިލީހުން ރުހުންދީފި

އެލްޖީއޭގެ ބޯޑަށް ދެ ބޭފުޅަކު އައްޔަންކުރަން މަޖިލީހުން ރުހުންދީފި

Author
އަހުމަދު
26 އޮގަސްޓް 2026 03:57
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ދެ ބޭފުޅަކު ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރުހުން ދިނީ ޖެންޑަރ އިކުއަލިޓީގެ ރޮނގުން ގދ. ގައްދޫ، ތިބުރޯޒުގެ އައިޝަތު އަރީފާއާއި، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ގަވަރނަންސްގެ ރޮނގުން ށ. ކަނޑިތީމު، ރަތްވިލާގެ މުޙައްމަދު އާރިފަށެވެ. ވަކިވަކިން ނެގި ވޯޓުގައި މުޙައްމަދު އާރިފް އެ ބޯޑަށް އައްޔަންކުރުމަށް ފާސްވީ ޖަލްސާގައި ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ. އައިޝަތު އަރީފާއަށް ރުހުން ދިނުމަށް 48 މެމްބަރަކު ވޯޓު ދެއްވިއެވެ.

މި ދެ ބޭފުޅުންގެ ނަން ފާސްކުރަން ލާމަރުކަޒީ ކޮމިޓީގައި ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ވަޙީދެވެ. ކޮމިޓީ މަރުހަލާގައި ކުރިއަށްގެންދިޔަ އިންޓަވިއުތަކުން ދެ ބޭފުޅުން ވެސް 75 އިންސައްތައަށްވުރެ މަތިން މާކްސް ހޯއްދެވިކަން އޭނާ ފާހަގަކުރެއްވިއެވެ. ރައީސް މުޢިއްޒު މި ނަންފުޅުތައް މަޖިލީހަށް ފޮނުއްވީ މި މަހުގެ 10ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.