އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އަބްދުލްއަޒީޒް ޖަމާލު އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އަބްދުލްއަޒީޒް ޖަމާލު އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

Author
އަހުމަދު
23 އޮގަސްޓް 2026 10:15
0

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރު އައްޔަންކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ. މި ނަން މިހާރު ވަނީ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުއްވާފަ އެވެ.

އަބްދުލްއަޒީޒް ޖަމާލުގެ ނަން ފޮނުއްވާފައި މިވަނީ މިހާރު އެ މަގާމުގައި ހުންނެވި އަހްމަދު އާހިދުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. އާހިދަކީ ސަރުކާރާ ދެކޮޅު ކަންތައްތައް ކުރެއްވުމަށް އިދިކޮޅު ޕާޓީން އޯޑަރު ލިބިވަޑައިގަންނަވާ ބޭފުޅެއް ކަމަށް ދާދި ފަހުން ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުން ދެފުށް ފެންނަ ގޮތަށް މައުލޫމާތު ހާމަކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއިރު، ސަރުކާރުން މައުލޫމާތު ހާމަނުކުރާ ކަމަށް ބުނެ ގިނަ މައްސަލަތަކެއް ވަނީ ކޮމިޝަނަށް ހުށަހަޅާފަ އެވެ. ބައެއް މައްސަލަތައް ވަނީ ކޯޓާ ހަމައަށްވެސް ގޮސްފަ އެވެ. އަދި ކޮމިޝަނަރުގެ ޒިންމާ އަދާކުރައްވަން ރައީސް އޮފީހުން ހުރަސް އަޅަމުންދާ ކަމަށް ކަނޑައަޅައި، މިދިޔަ މަހުގެ 13 ވަނަ ދުވަހު ރައީސް އޮފީސް ވަނީ ޖޫރިމަނާކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.