އަގުމަގު ޕޯޓަލްގައި ރަޖިސްޓަރީކުރި ވިޔަފާރިތަކުގެ އަދަދު 2،200 އިން މައްޗަށް

އަގުމަގު ޕޯޓަލްގައި ރަޖިސްޓަރީކުރި ވިޔަފާރިތަކުގެ އަދަދު 2،200 އިން މައްޗަށް

Author
އަހުމަދު
22 އޮގަސްޓް 2026 09:34
0

ސަރުކާރުން ތައާރަފުކުރި ތަކެތީގެ އަގުބަލާ ޚިދުމަތް "އަގުމަގު ޕޯޓަލް" ގައި މިހާތަނަށް 2،224 ވިޔަފާރިއަކުން ރަޖިސްޓަރީކޮށްފައިވާ ކަމަށާއި، މި ޕްލެޓްފޯމުގެ ބޭނުންހިފާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ދުވަހަކު ވެސް 2،724 މީހުން މި ޚިދުމަތް ހޯދަމުންދާއިރު، މޮބައިލް އެޕްލިކޭޝަން ޑައުންލޯޑްކުރި މީހުންގެ އަދަދު މިހާރު ވަނީ 3،300 އިން މައްޗަށް އަރައިފައެވެ.

އަސާސީ ބާވަތްތަކުގެ އަގުތައް ފަސޭހަކާއެކު އަޅައިކިޔޭނެ ނިޒާމެއް ގާއިމުކުރުމުގެ މަގުސަދުގައި މިދިޔަ ފެބްރުއަރީ މަހު އާންމުކުރި މި ޚިދުމަތް، ފުރަތަމަ ޚާއްސަކުރީ މާލެ ސަރަހައްދުގެ ފިހާރަތަކަށެވެ. ނަމަވެސް މިހާރު މޮބައިލް އެޕްލިކޭޝަނަކާއެކު މުޅި ރާއްޖެއަށް ޚިދުމަތް ވަނީ ފުޅާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.