ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީޚީ މުނާސަބަތު އަންނަ މަހު ފާހަގަކުރާއިރު، މި މުނާސަބަތާ ދިމާކޮށް ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ ތައްޔާރީތައް ފޯރިއާއެކު ކުރިއަށްދާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.
ހުޅުމާލޭގައި ބިނާކުރާ މި ބިޔަ މިސްކިތުގެ ބިން، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ވުޒާރާއާ ހަވާލުކުރީ މިދިޔަ ޖޫން މަހު އެވެ. މަޝްރޫޢު ފައިނޭންސްކުރުމަށް ސަޢުދީ ޢަރަބިއްޔާގެ އަލްރަޖްޙީ ކުންފުންޏާއެކު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިގޮތުގައި، މި މިސްކިތް ކޮމްޕްލެކްސްގައި މިސްކިތުގެ އިތުރުން ޤުރުއާން މިއުޒިޔަމަކާއި، އެހެނިހެން މުހިންމު ވަސީލަތްތައް ވެސް ޤާއިމުކުރެވިގެންދާނެ އެވެ. މިއީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި މުހިންމު މަޝްރޫޢެކެވެ.
ކޮމެންޓު ފޮނުވާ