ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ލަމްބަގިނީ ކާރެއް ކޮންޓްރޯލް ނުވެގޮސް، ބުރިޖު ހައިވޭއިން ހުޅުމާލެއަށް އަރާ ސަރަހައްދުގައި ހުރި ސޯލާ ޕެނަލްތަކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހެނދުނު ހިނގައިފިއެވެ.
މި އެކްސިޑެންޓުގައި ކާރު ކޮންޓްރޯލް ނުވެގޮސް އެކޮޅުކޮޅުން ޖެހުމުގެ ސަބަބުން، ސޯލާ ޕެނަލްތައް ހަރުކުރަން ޖަހާފައިވާ ދަގަނޑުތަކަށާއި ސޯލާ ޕެނަލްތަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާއިރު، އެކްސިޑެންޓްވި ލަގްޒަރީ ކާރަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަން ނުވަތަ ނޫންކަން އަދި ޔަގީންވެފައި ނުވާއިރު، މި އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ބަހެއް ވެސް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ