މާލޭ މ. ބާޑްލައިން ގޭގެ 8 ވަނަ ފަންގިފިލާގެ އެޕާޓްމަންޓް ބީގެ ކަރަންޓު ޑީ ބޯޑެއްގައި އިއްޔެ ރޯވި އަލިފާން ނިއްވާލައި، ހާލުގައި ޖެހުނު އާއިލާއަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެންޑީއެމްއޭއިން ބުނި ގޮތުގައި، މި ހާދިސާގައި އެޕާޓްމަންޓުގައި ހުރި މީހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވެއެވެ. އަދި ގޭގެ އިތުރު އެއްވެސް އެއްޗަކަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވި ނަމަވެސް، އަލިފާނުގެ ސަބަބުން އެ އެޕާޓްމަންޓުން ކަރަންޓުގެ ހިދުމަތް ވަނީ ކެނޑިފައެވެ.
އެހެންކަމުން، އެ އެޕާޓްމަންޓުގައި ދިރިއުޅޭ 2 އަންހެނުންނާއި 3 ފިރިހެނުން ހިމެނޭ ގޮތަށް ޖުމްލަ 5 މީހަކަށް، 3 ދުވަހުގެ މުއްދަތަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް އެންޑީއެމްއޭގެ ފަރާތުން ވަނީ ހަމަޖައްސައިދީފައެވެ.
ކޮމެންޓު ފޮނުވާ