ބައްޕައަށް އަނިޔާކޮށް އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި

ބައްޕައަށް އަނިޔާކޮށް އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި

Author
އަހުމަދު
21 އޮގަސްޓް 2026 11:25
0

ބައްޕައާ މާރާމާރީ ހިންގައި، އާއިލާގެ މީހުންނަށް އިންޒާރު ދިން މީހަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. އަޖަމީޕޫލް 3/މާލެ، އިސްމާއީލް ޝިފާން (40އ) އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މުދަލަށް ގެއްލުން ދިނުމާއި، އާއިލާ މީހުންނަށް އިންޒާރު ދީ ބިރު ދެއްކުމުގެ ކުށެވެ. މިކަމާ ގުޅިގެން 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ޝިފާން ބުނެފައިވާ ގޮތުގައި، އޭނާއަކީ ކުރިން މަސްތުވާތަކެތި ބޭނުންކުރި މީހެއް ނަމަވެސް، މިހާރު އެތަކެތި ބޭނުން ނުކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އަދި މި ހާދިސާ ހިނގި ގޮތް ބުނެދޭން ނޭނގޭ ކަމަށާއި، ބައްޕައާ މާރާމާރީ ހިންގާފައި ނުވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ނަމަވެސް ފުލުހުން ވަނީ ޝިފާންގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ބުނާ މީހުންގެ ބަޔާނާއި، ހާދިސާ ހިނގި ތަނުގެ ފޮޓޯތައް ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.