ދަރިންގެ ހަރަދު ނުދިން މީހަކު ޖަލަށްލައި ފޮޓޯ އާންމުކޮށްފި

ދަރިންގެ ހަރަދު ނުދިން މީހަކު ޖަލަށްލައި ފޮޓޯ އާންމުކޮށްފި

Author
އަހުމަދު
18 އޮގަސްޓް 2026 05:04
0

ދަރިންނަށް ހަރަދު ނުދިނުމުގެ ސަބަބުން ކ. ކާށިދޫ ހެޕީނައިޓް، އަހްމަދު އަންވަރު ދެ މަސް ދުވަހަށް ޖަލަށްލުމަށް ނ. ލަންދޫ ކޯޓުން ހުކުމްކޮށް، ތަންފީޒީ ފިޔަވަޅެއްގެ ގޮތުން އޭނާގެ ފޮޓޯއާއި މައުލޫމާތު އާންމުކޮށްފި އެވެ.

ކޯޓުން ކުރި އިއުލާނުގައި ބުނެފައިވަނީ، މި ފިޔަވަޅު އެޅީ އާއިލާއާ ބެހޭ ގަވާއިދުގެ ދަށުން، ދަރިންނަށް ހަރަދު ނުދޭ މީހުންގެ ވަނަވަރު އާންމުކުރުމަށް ދީފައިވާ ހުއްދައިގެ ދަށުން ކަމަށެވެ.

މިފަދަ މީހުންގެ މައުލޫމާތު ފުރަތަމަ އާންމުކުރަން ފެށީ 2024 ވަނަ އަހަރުގެ ފަހުކޮޅު ޅ. ހިންނަވަރު ކޯޓުންނެވެ. އޭގެ ފަހުން ފެމިލީ ކޯޓާއި ހދ. ކުޅުދުއްފުށީ ކޯޓުން ވެސް ވަނީ އެފަދަ ފިޔަވަޅު އަޅާފަ އެވެ.

މިހާރު އަމަލުކުރަމުންދާ ގަވާއިދުގެ ދަށުން، އެންމެ ކުއްޖެއް ހުރި ނަމަ މަހަކު 2،000 ރުފިޔާ، އަދި އެއަށްވުރެ ގިނަ ދަރިން ތިބި ނަމަ ކޮންމެ ކުއްޖަކަށް މަހަކު 1،000 ރުފިޔާގެ ރޭޓުން ހަރަދު ނަގައިދޭން ޖެހެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.