ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނައި ޕެކޭޖަކުން 3.2 ކިލޯގެ ކެނަބިސް އަތުލައިގެންފި

ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނައި ޕެކޭޖަކުން 3.2 ކިލޯގެ ކެނަބިސް އަތުލައިގެންފި

Author
އަހުމަދު
18 އޮގަސްޓް 2026 08:24
0

ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނައި ޕެކޭޖެއްގެ ތެރެއިން ތިން ކިލޯއަށްވުރެ ގިނަ ކެނަބިސް، ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ، މިދިޔަ ހުކުރު ދުވަހު (އޮގަސްޓު 15) އަތުލައިގަނެފައިވަނީ ޖުމުލަ 3،252 ގުރާމުގެ ކެނަބިސް ކަމަށެވެ.

މި ތަކެތި ފެނިފައިވަނީ، ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް ގެނައި ޕެކޭޖެއް ކަސްޓަމްސްއިން ބަލައި ފާސްކުރަމުން ދިޔައިރު، އޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރެދާނެ ކަމަށް ޝައްކުވެގެން، އިތުރަށް ބެލި ބެލުމުގެ ތެރެއިން ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.