ވެސްޓް ޕާކްގައި ފިޝިން ޕްލެޓްފޯމެއް ތަރައްގީކުރަން ރައްޔިތުންގެ ޚިޔާލު ހޯދަނީ

ވެސްޓް ޕާކްގައި ފިޝިން ޕްލެޓްފޯމެއް ތަރައްގީކުރަން ރައްޔިތުންގެ ޚިޔާލު ހޯދަނީ

Author
އަހުމަދު
18 އޮގަސްޓް 2026 05:08
0

މާލޭގެ ވެސްޓް ޕާކް ސަރަހައްދުގައި މަސްބޭނުމަށް ޚާއްޞަ ޕްލެޓްފޯމެއް ތަރައްގީކުރުމުގެ މަޝްރޫޢަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އޮންލައިން ސާވޭއެއް ފަށައިފިއެވެ.

އެމްޓީސީސީން ބުނީ މި ސާވޭގެ ބޭނުމަކީ އެ ސަރަހައްދު އެންމެ އެކަށޭނަ ގޮތުގައި ތަރައްގީކުރެވޭނެ ގޮތަކާމެދު ރައްޔިތުންގެ ފެންނަ ގޮތް ދެނެގަތުން ކަމަށެވެ. މި މަހުގެ 31 ގެ ނިޔަލަށް ކުރިއަށްދާ މި ސާވޭގައި ދިވެހި އަދި އިނގިރޭސި ބަހުން ފުރިހަމަކުރެވޭނެ ދެ ފޯމެއް ވަނީ ހުޅުވާލައިފައެވެ.

ވެސްޓް ޕާކަކީ ގިނަ ޢަދަދެއްގެ ޢާންމުން މަސްބޭނުމަށާއި ހިތްހަމަޖައްސާލުމަށް ޒިޔާރަތްކުރާ ސަރަހައްދަކަށްވެފައި، އަހަރުތަކެއް ކުރިން އެ ތަނުގައި މަސްބޭނުމަށް ޚާއްޞަ ޕްލެޓްފޯމެއް ގާއިމުކޮށްފައި ހުއްޓެވެ. ވީހާވެސް ގިނަ ރައްޔިތުން ސާވޭގައި ބައިވެރިވުމަށް އެމްޓީސީސީން ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.