ހިމަބިހީގެ ކޭސްތައް 226 އަށް، ސަމާލުވާން އިލްތިމާސްކޮށްފި

ހިމަބިހީގެ ކޭސްތައް 226 އަށް، ސަމާލުވާން އިލްތިމާސްކޮށްފި

Author
އަހުމަދު
18 އޮގަސްޓް 2026 05:00
0

މާލެ ސަރަހައްދުން ހިމަބިހީގެ އިތުރު 10 ކޭހެއް ފެނި، މިއަހަރު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޢަދަދު 226 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން މިއަދު ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފުތާގެ ތެރޭގައި މާލެ ސަރަހައްދުން ފެނުނު 10 ކޭހާއެކު، ފާއިތުވި މޭ މަހުން ފެށިގެން ބަލީގެ ކޭސްތައް ދަނީ ދެމިއޮތް ގޮތެއްގައި އިތުރުވަމުންނެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މުޅި ރާއްޖޭގައި ކުރިއަށްގެންދާ އެމްއާރް ވެކްސިން ޕްރޮގްރާމުގެ ދަށުން، މިހާތަނަށް 15،552 މީހަކަށް ވަނީ ވެކްސިން ދީފަ އެވެ.

"މީސްލްސް ވައިރަސް"ގެ ސަބަބުން ޖެހޭ މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުމާއި، ކެއްސުމާއި، ނޭފަތުން ފެންއައުމާއި، ކިނބިހިއެޅުމާއި، ކަރުތެރެ ފާރުވުމާއި، ވަރުބަލިވުމާއި، މަސްތަކުގައި ރިހުމުގެ އިތުރުން ކާހިތްނުވުން ފަދަ ކަންކަން ހިމެނެ އެވެ.

ހުން އައުމާއެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށް ޞިއްޙީ މާހިރުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.