ސައޫދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުގެ މެދުގައި ސޮއިކުރި "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް" އަކީ މެދުއިރުމަތި އެއްބައިވަންތަވުމުގެ މުހިންމު ފެށުމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރޫތު ސޯޝަލް މެދުވެރިކޮށް އާދީއްތަ ދުވަހު ޓްރަމްޕު ވިދާޅުވީ، މި އެއްބަސްވުމުން ދޭހަވަނީ ސަރަހައްދުގެ ގައުމުތައް އެއްބައިވަމުންދާ މަންޒަރާއި، އެ ގައުމުތަކުގެ އަމިއްލަ ދިފާއު ވަރުގަދަކުރުމަށް ތެދުވާނެ ކަން ކަމަށެވެ. މިއީ "ބޮޑު، ހިތްވަރުގަދަ އަދި މުހިންމު ފުރަތަމަ ފިޔަވަޅެއް" ކަމަށް އޭނާ ސިފަކުރެއްވި އެވެ.
މި މަހުގެ 7 ވަނަ ދުވަހު ސޮއިކުރި މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ތިން ގައުމުގެ ދިފާއީ ބާރު ގުޅުވާލައި ވަރުގަދަކުރުމެވެ. ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ބުނާ ގޮތުގައި، މި ތިން ގައުމުގެ ތެރެއިން އެއް ގައުމަކަށް ދޭ ހަމަލާއެއް ބެލެވޭނީ ހުރިހާ ގައުމުތަކަކަށް ދިން ހަމަލާއެއްގެ ގޮތުގަ އެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ، އީރާނުގެ މަދަދު ލިބޭ ހޫތީންގެ ހަމަލާތަކާ އެކު، އެމެރިކާ-އީރާން ހަނގުރާމައިގެ ސަބަބުން ސަރަހައްދުގައި ހަމަނުޖެހުން ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ. މީގެ އިތުރުން، އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ދެބަސްވުން ހައްލުކުރުމުގައި ވެސް ބައިވެރިވުމުގެ ޒިންމާ ތިން ގައުމުން އަދާކުރާނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެ އެވެ.
ކޮމެންޓު ފޮނުވާ