އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

Author
އަހުމަދު
12 އޮގަސްޓް 2026 06:42
0

ސަރުކާރުގެ ހަރަދުގައި ބިނާކުރަމުންދާ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.

މި ސްކޫލްގެ މަސައްކަތް ކުރުމަށް ސަރުކާރުން އާރުސީސީއާ ހަވާލުކުރީ 12 ނޮވެންބަރު 2024 ގައެވެ. ޕްރޮޖެކްޓް ނިންމުމަށް ކަނޑައަޅާފައިވަނީ މި އަހަރު ނިމުމުގެ ކުރިންނެވެ. އަދި އަންނަ ދިރާސީ އަހަރު ފެށޭއިރު އެ ސްކޫލްގައި ކިޔަވައިދޭން ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ.

ރައީސް ސައިޓަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އާއި އާރުސީސީގެ އިސްވެރިންނެވެ.

އަށް ފަންގިފިލާއަށް ބިނާކުރާ މި ސްކޫލްގައި، ޒަމާނީ ކްލާސްރޫމްތަކާއެކު ކިޔަވައިދިނުމަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކުރެވޭނެއެވެ. މާލެއިން ތަނަވަސް ބިމެއްގައި، ޖާގައިގެ ގޮތުން ފުޅާ އިމާރާތެއް ބިނާކޮށް، އަރަބިއްޔާ ސްކޫލް އެތަނަށް ބަދަލުކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.

މިދިޔަ ޖޫން މަހު ދ. މީދޫގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ، އަންނަ ދިރާސީ އަހަރު އަރަބިއްޔާ ސްކޫލް ހުޅުވައި ކިޔަވައިދޭން ފެށޭނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.