ކްރިމިނަލް ކޯޓަށް އައު ތިން ފަނޑިޔާރުން ހަމަޖައްސައިފި

ކްރިމިނަލް ކޯޓަށް އައު ތިން ފަނޑިޔާރުން ހަމަޖައްސައިފި

Author
އަހުމަދު
09 އޮގަސްޓް 2026 07:40
0

ކްރިމިނަލް ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ ތިން މަގާމަށް ބޭފުޅުން އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

އެ މަގާމުތަކަށް ހޮވިފައިވަނީ ހއ. ދިއްދޫ، ޑޭޒީމާގޭ އަހުމަދު ތައުފީގާއި، ޅ. ކުރެންދޫ، ނޫރާނީގޭ ސުލައިމާން މުހައްމަދާއި، ތ. ވޭމަންޑޫ، ޑްރީމް، މުހައްމަދު އަބްދުالله ކަން އެނގިފައިވެއެވެ.

މި ތިން މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލީ މިދިޔަ މަހުއެވެ. އެ ފުރުސަތުގައި ޖުމްލަ 29 ބޭފުޅަކު ފޯމު ހުށަހެޅި އިރު، އޭގެ ތެރޭގައި ކުރީގެ ބައެއް ފަނޑިޔާރުންނާއި ދާއިރާގައި މިހާރު ވެސް ހަރަކާތްތެރިވާ ބައެއް މެޖިސްޓްރޭޓުން ހިމެނިވަޑައިގަންނަވައެވެ.

ހަމަ އެ ދުވަސްވަރު ސިވިލް ކޯޓުގެ ފަނޑިޔާރުކަމުގެ ތިން މަގާމަކަށް ވެސް ޖޭއެސްސީން ފުރުސަތު ހުޅުވާލި އެވެ. އެ މަގާމުތަކަށް 42 ބޭފުޅަކު ކުރިމަތިލި ނަމަވެސް، އޭގެ ތެރެއިން ހޮވުނު ބޭފުޅުންގެ މައުލޫމާތު އަދި ހާމައެއް ނުކުރެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.