އެމްޑީޕީން މަސައްކަތް ކުރަނީ އިގުތިސާދުގެ އިތުބާރު ނަގާލަން: ސައީދު

އެމްޑީޕީން މަސައްކަތް ކުރަނީ އިގުތިސާދުގެ އިތުބާރު ނަގާލަން: ސައީދު

Author
އަހުމަދު
05 އޮގަސްޓް 2026 08:39
0

ސިޔާސީ މަޤްޞަދެއް ޙާސިލްކުރުމަށްޓަކައި ރާއްޖޭގެ ޤައުމީ އިޤްތިޞާދުގެ އިތުބާރު ނަގާލުމަށް އިދިކޮޅު އެމްޑީޕީން މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ތަކެތީގެ އަގު އުފުލެމުންދާ މައްސަލައިގައި "ދަތިވެއްޖެ"ގެ ނަމުގައި މި މަހުގެ 12 ވަނަ ދުވަހު މާލޭގައި މުޒާހަރާއެއް ބޭއްވުމަށް އެމްޑީޕީން ނިންމާފައިވަނިކޮށް، ސައީދު ވަނީ އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ވިޔަފާރިތަކަށް ޓާގެޓްކޮށް ޤައުމީ އިޤްތިޞާދުގެ އިތުބާރު ނަގާލުމަށް އެމްޑީޕީގެ އިސްފަރާތްތަކުން، ޚާއްޞަކޮށް ކުރީން ވެރިކަން ކޮށްފައިވާ ބައެއް ބޭފުޅުން ކުރަމުންދާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި އެ ޕާޓީއަށް ލިބުނު ފުރުޞަތުގައި އެއްވެސް ކަމެއް ރަނގަޅުކުރެވިފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

ވޭތުވެދިޔަ އެމްޑީޕީ ސަރުކާރަށް އިޝާރާތްކުރައްވައި ސައީދު ވިދާޅުވީ، ސުމާރެއް ނެތި ފައިސާ ޗާޕުކުރުމަކީ މިއަދު ދިމާވެފައިވާ ދަތިތަކުގެ ފެށުން ކަމަށެވެ. ރައްޔިތުންގެ ބޮލުގައި އެޅިފައި އޮތް ބޮޑު ދަރަނިން ބައެއް އަދާކޮށް، ޤައުމަށް ހަމަޖެހުން ގެންނަމުންދާ ދަނޑިވަޅެއްގައި، އެމްޑީޕީން އަނެއްކާވެސް ހަދަނީ ގޯސް ކަމަށް މިނިސްޓަރު ސިފަކުރެއްވި އެވެ.

"ކޮންމެ ދުވަހަކު ހެނދުނު މުޅި ބާޒާރު ޕެނިކްކޮށް، ވިޔަފާރިވެރިންނާ ގުޅޭ ގޮތުން ދޮގު ވާހަކަ ފަތުރައިގެން، އޭގެ ނިމޭ ހެޑްލައިންގައި މި އިންނަނީ މުޒާހަރާއަށް ނުކުންނާށޭ. އެއީ އަޅުގަނޑު ފާހަގަކޮށްލަން މި އުޅޭ ޕޮއިންޓަކީ،" ސައީދު ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.