ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރެއްގެ އަގު ފުރަތަމަ ފަހަރަށް 21.75 ރުފިޔާއަށް އުފުލިއްޖެއެވެ.
ޖުލައި 29 އިން ފެށިގެން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21.70 ރުފިޔާގައި ހިފެހެއްޓިފައި ހުރުމަށްފަހު، މިހާރު އަގު އިތުރަށް އުފުލި، ދިވެހި ތާރީޚުގައި މިހާތަނަށް ރެކޯޑް ކުރެވިފައިވާ އެންމެ މަތީ އަގަށް ވަނީ އަރާފައެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ އެކްސްޗޭންޖް ރޭޓަކީ 15.42 ރުފިޔާއެވެ. އެހެންނަމަވެސް ކަޅު ބާޒާރުގައި މިހާރު ހުރި އަގަކީ ރަސްމީ އަގަށްވުރެ 6.33 ރުފިޔާ ބޮޑު އަގެއް ކަމުގައި ވެފައި، މިއީ 41.05 އިންސައްތައިގެ ތަފާތެކެވެ.
ރަސްމީ ބޭންކިންގ ނިޒާމުގެ ތެރެއިން އިމްޕޯޓްތަކަށް ބޭނުންވާ ބޭރު ފައިސާ ލިބުމުގައި ދަތިވުމާއި، ބޭރު ދަރަނި އަދާކުރުމަށް ބޭނުންވާ ބޮޑެތި އަދަދުތަކުގެ ސަބަބުން، ކަޅު ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ޑޮލަރުގެ އަގު އުފުލެމުންދާތީ، ދިވެހި ބާޒާރުގައި މުދަލާއި ޚިދުމަތުގެ އަގުތައް ވެސް ދަނީ މައްޗަށެވެ.
ކޮމެންޓު ފޮނުވާ