މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ 46 އަހަރުގެ އަންހެނަކު ހައްޔަރުކޮށް، ފަސް ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މއ. އެނބޫމާގެ / މާލެ، ފާތިމަތު ޝިފާނާ ރަޝީދެވެ. ކޯޓުން ވަނީ ޝިފާނާއަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅައި، އޭނާ ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ބަންދު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުން ޝިފާނާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، ކުށަށް އިއުތިރާފުވެފައި ވެސް ވެއެވެ. އަދި މީގެ ކުރިން ވެސް ޝިފާނާ ހައްޔަރުކޮށް ބަންދުކޮށްފައިވާ ރެކޯޑް އޮތް ކަމަށް އަމުރުގައި ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ